އައްޑޫ އާއި ފުވައްމުލަކުގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ފަށައިފި

އައްޑޫ އާއި ފުވައްމުލަކުގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ފަށައިފި

Author
އަހުމަދު
28 ޖުލައި 2026 11:16
0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި މިއަދު ފަށައިފިއެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ތަމްރީނުތައް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި ތަމްރީނުތައް ބާއްވާނީ ސ. ހިތަދޫ، ސ. ފޭދޫ، ސ. ގަން އަދި ޏ. ފުވައްމުލަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވެ، ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ތަމްރީނުތައް ކުރިއަށްދާ ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން ސަމާލުވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.