ވިއްސާރައިގެ ސަބަބުން ފަސްކުރި ދިފާއީ ބާރުގެ ޕެރޭޑު ބުރާސްފަތި ދުވަހު ހުޅުމާލޭގައި

ވިއްސާރައިގެ ސަބަބުން ފަސްކުރި ދިފާއީ ބާރުގެ ޕެރޭޑު ބުރާސްފަތި ދުވަހު ހުޅުމާލޭގައި

Author
އަހުމަދު
27 ޖުލައި 2026 11:13
0

މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޤައުމީ ދިފާއީ ބާރުން މިއަދު ބޭއްވުމަށް ރޭވި ޝަރަފުވެރި ޕެރޭޑު، ވިއްސާރައިގެ ސަބަބުން މި މަހުގެ 29 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ދިފާއީ ބާރުން ހާމަކުރި ގޮތުގައި، މި ޕެރޭޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ހުޅުމާލޭގައެވެ. ޕެރޭޑު ކުރިއަށްދާ ވަގުތު ހުޅުމާލޭގެ މުހިންމު ކަންމަތިތަކުގައި މަޑުކޮށް، މިލިޓަރީ ބޭންޑުގެ ޚާއްސަ ހުށަހެޅުންތަކެއް އާންމުންނަށް ދައްކާލުމަށް ވަނީ ރާވާފައެވެ.

ޕެރޭޑު ފަސްކުރި ނަމަވެސް، ޤައުމީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ވަނީ ދިފާއީ ބާރުގެ ގިނަ ޔުނިޓުތަކަކާއި 15 ސްކޫލެއްގެ ދަރިވަރުން ބައިވެރިވި ކުލަގަދަ ހެވިކަމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ސިފައިންނާއި ދަރިވަރުން ގުޅިގެން ބާއްވާ ޕެރޭޑުތަކާއި ރޫޓް މާޗުތަކަކީ މިނިވަން ދުވަހުގެ އުފާފާޅުކުރުންތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ. ކޮންމެ އަހަރަކު ވެސް މި މަންޒަރުތައް ބަލާލުމަށްޓަކައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ ޢަދަދެއްގެ ބަޔަކު މަގުމައްޗަށް ޖަމާވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.