މަޝްހޫރު ޓީވީ ތަރިންގެ ޖޯޑު ސަންޖީދާ ޝެއިހާއި އާމިރް އަލީއަށް އެންމެންގެ ސަމާލުކަން ލިބިފައިވަނީ އެދެމީހުން އެކަކު އަނެކަކާއި ވަކިވުމުގެ ޚަބަރު ފެތުރެން ފެށުމުންނެވެ. އެދެމީހުން އެކަކު އަނެކަކާ ވަކިން އުޅޭކަން އެނގުނު ހިސާބުން ފޭނުންނަށް ސަންޖީދާ އާއި އާމިރަށް ދަރިއަކު ލިބުނު ހަބަރުވެސް ވަނީ ލިބިފައެވެ. އެދެމީހުންގެ އަންހެން ދަރިފުޅު ލިބިފައިވަނީ ސަރޯގެސީ ހަދައިގެންނެވެ.
އާމިރާއި ސަންޖީދާގެ އަންހެން ދަރިފުޅު އާރިޔާ އަލީގެ އެއްވަނަ އުފަންދުވަހު އާމިރްވަނީ އާރިޔާގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލްމީޑިޔާގައި ހިއްސާކޮށްފައެވެ.
މި ޕޯސްޓުގައި އާމިރް ލިޔެފައިވަނީ ޕަރީން ތިބޭގޮތް ދުވަހަކުވެސް ނުދެކެންކަމަށާއި ނަމަވެސް އެއް އަހަރުކުރިން މިދުވަހަކީ އޭނާއަށް ޕަރީން ތިބޭގޮތް ސިފަކުރެވުނު ދުވަސްކަމަށާއި އަދި ފުރަތަމަ ފެނިލުމުން ލޯބި ނުވެވޭނެ ކަން ޤަބޫލުކުރިނަމަވެސް ދަރިފުޅު ފުރަތަމަ ފެނުނު ފަހަރުވެސް ލޯބި ވެވުނުކަމަށެވެ. އާރިޔާ އުފަންވެފައިވަނީ 2019 ވަނަ އަހަރު އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.
އާމިރާއި ސަންޖީދާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހުއެވެ. މިދެ ތަރިންނަކީ "ނަޗްބަލިޔޭ 3″ ގެ ޓުރޮފީ ކާމިޔާބުކޮށްފައިވާ 2 ތަރިންނެވެ. ސަންޖީދާ ޝެއިހް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ސްޓާ ޕްލަސްގެ "ލަވް ކާ ހޭ އިންތެޒާރް" އިންނެވެ. އަދި އާމިރް ފެނިގެންގޮސްފައިވަނީ ކަލާސްގެ ޑުރާމާ "ނަވްރަންގީ ރޭ" އިންނެވެ.