ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެއްވެސް ސަބަބެއް ބަޔާން ނުކޮށް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
އާންމުކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ރަސްމީ ޖަލްސާތައް ބާއްވަމުން އަޔަސް، މިއަދުގެ ޖަލްސާ އެޖެންޑާ ނުކުރި ސަބަބެއް މަޖިލީހުގެ އިދާރީ މޭޒުން ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ މެންބަރަކު މީޑިއާއަށް ވިދާޅުވި ގޮތުގައި، މިއަދުގެ ޖަލްސާއާ މެދު ވަކި ގޮތެއް ރަސްމީކޮށް އަންގާފައި ނުވާއިރު، މި ހަފުތާގެ ބާކީ ދުވަސްތަކުގައި ވެސް ޖަލްސާއެއް ނޯންނާނެ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ.
މަޖިލީހުގެ މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، ހާއްސަ ހާލަތެއް ދިމާނުވާ ނަމަ ނުވަތަ މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާ ނަމަ، ދައުރުގެ ތެރޭގައި ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެ އެވެ.
މީގެ ކުރިން ވެސް، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް މަހަކަށްވުރެ ގިނަ ދުވަހަށް ދިގުދައްމާލައި، މެދުކަނޑާލާފައި އޮތެވެ.
ކޮމެންޓު ފޮނުވާ