ޗައިނާއިން ރާއްޖެއަށް 190،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޗައިނާއިން ރާއްޖެއަށް 190،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Author
އަހުމަދު
17 ޖުލައި 2026 10:04
0

ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެންމެ ކުރީގައި އޮތް ޗައިނާއިން މިއަހަރުގެ މިހާތަނަށް 190،016 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ މާކެޓުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 190،000 ފަހަނައަޅައި ގޮސްފަ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1.1 މިލިއަން ފަތުރުވެރިންގެ 16.8 ޕަސެންޓެވެ.

ޗައިނާއަށްފަހު ދެވަނައިގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 164،067 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތީ 91،574 ފަތުރުވެރިންނާ އެކު އިނގިރޭސިވިލާތެވެ. ހަތަރު ވަނައާއި ފަސްވަނަ ހޯދީ 76،549 ފަތުރުވެރިންނާ އެކު އިޓަލީ އާއި 71،238 ފަތުރުވެރިންނާ އެކު ޖަރުމަނެވެ.

ގަދަ 10 ގައުމުގެ ތެރޭގައި ދެން ހިމެނެނީ 67،687 ފަތުރުވެރިންނާ އެކު އިންޑިއާ، 30،471 ފަތުރުވެރިންނާ އެކު ފްރާންސް، 28،917 ފަތުރުވެރިންނާ އެކު އެމެރިކާ، 26،878 ފަތުރުވެރިންނާ އެކު އޮސްޓްރޭލިއާ އަދި 22،473 ފަތުރުވެރިންނާ އެކު ސްވިޓްޒަލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މި ވަގުތު ހަރަކާތްތެރިވަނީ 1،304 ފެސިލިޓީ އެވެ. އޭގެ ތެރޭގައި ހިމެނެނީ 179 ރިސޯޓު، 936 ގެސްޓްހައުސް، 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދެވެ. މި ފެސިލިޓީތަކުގައި ޖުމްލަ 68،190 އެނދު އޮޕަރޭޓް ކުރަމުންދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.