އީރާނާއި އެމެރިކާގެ ރައްދު ހަމަލާތައް ތިންވަނަ ރެއަށް ދިގުދެމިއްޖެ

އީރާނާއި އެމެރިކާގެ ރައްދު ހަމަލާތައް ތިންވަނަ ރެއަށް ދިގުދެމިއްޖެ

Author
އަހުމަދު
14 ޖުލައި 2026 08:54
0

އެމެރިކާއިން އީރާނަށް ދެމުންދާ ވައިގެ ހަމަލާތައް ޖެހިޖެހިގެން ތިންވަނަ ރެއަށް ދިގުދެމިގެން ދިޔައިރު، ރައްދުގައި އީރާނުން ވެސް މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދޭން ފަށައިފިއެވެ.

ރޭ 10:15 ހާއިރު ނިންމާލި ފަސް ގަޑިއިރުގެ މި މިޝަންގައި، އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކާއި، މިސައިލް އަދި ޑްރޯން ސައިޓްތަކުގެ އިތުރުން، ކަނޑުގެ ސަރަޙައްދުތަކަށްވެސް ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ. މި ހަމަލާތަކުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރި ބޯޓުފަހަރަށް ހަމަލާދިނުމުގެ އީރާނުގެ ޤާބިލްކަން އިތުރަށް ދަށްކޮށްލުން ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

އެމެރިކާ ސިފައިން ބުނާ ގޮތުގައި މުޅި އީރާނުގައި ފެތުރިފައިވާ އަސްކަރީ އަމާޒުތަކަށް ކާމިޔާބުކަމާއެކު ހަމަލާ ދެވިފައިވާއިރު، މީގެ ތެރޭގައި ބުޝެހްރު، ޗާހު ބަހާރު، ޖަސްކް، ކޮނާރަކް، އަބޫ މޫސާ، އަދި ބަންޑާރަ އައްބާސް ހިމެނެއެވެ.

އެމެރިކާގެ މި ހަމަލާތަކުގެ ރައްދުގައި، ބަހްރެއިންގައި ހުންނަ އަލްޖުފެއާ ބޭސްއަށް އީރާނުން ވަނީ އަމާޒުކޮށްފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯ (އައިއާރުޖީސީ) އިން ބުނިގޮތުގައި، އެ ބޭސްގައި ހުންނަ ހަތިޔާރު ރައްކާކުރާ ބައެއް ޑިޕޯތަކާއި، ސެޓެލައިޓް މުވާސަލާތީ މަރުކަޒަކާއި، އެމެރިކާ ސިފައިން ދިރިއުޅޭ އިމާރާތަކަށް ވަނީ ހަމަލާ އަމާޒުކޮށްފައެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މި ބަދަލު ހަމަލާތަކާއެކު މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، މި ޙާދިސާގެ އިތުރު ތަފްޞީލްތައް ދަނީ ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.