ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.
އެ ވުޒާރާއިން ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ސީނިއާ އަދި ޖޫނިއާ ފެންވަރުގެ ގިނަ މަގާމުތަކެއް ހިމެނެއެވެ. އެގޮތުން ލީގަލް އޮފިސަރު، ލީގަލް އެފެއާޒް ޑިރެކްޓަރު، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރު، ޕްރޮކިއުމަންޓް ޑިރެކްޓަރު، އައިސީޓީ ޑިރެކްޓަރު އަދި ސީނިއާ ކޮމްޕިއުޓާ ޓެކްނީޝަންގެ މަގާމަށް މީހުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން، ސީނިއާ ޕްރޮޖެކްޓް އޮފިސަރު، ޕްރިންސިޕަލް ޕަބްލިކް ރިލޭޝަންސް އޮފިސަރު، ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަދި ޕްރިންސިޕަލް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމުތައް ވެސް ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ ބޭރުން، ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްދާ މިންވަރު ބެލުމަށާއި، އާންމުންނަށް ދެމުންދާ ހިދުމަތްތައް ހަރުދަނާކުރުމަށާއި، ކަނޑައެޅިފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ ބޭނުމުގައި ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓެއް ހޯދުމަށް ވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ