ރާއްޖެއިން މިއަދުވެސް އިތުރު 50 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 7 މީހުން ޕޮޒިޓިވްވެފައިވަނީ ރިސޯޓްތަކުންނެވެ. މާލެ ސަރަހައްދުން 27 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވިކަމަށް ހާމަކޮށްފައިވަނީ 16 މީހުނެނެވެ.
މިއާއެކު ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 14،375 އަށް އިތުރުވެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 800 އިން މައްޗަށްށް އަރާފައެވެ. އެގޮތުން 845 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ކޯވިޑް-19ގެ ހާލަތު އަނެއްކާވެސް ގޯސްވާފަދަ މަންޒަރުތަކެއް ފެންނަންފަށާފައިވާއިރު، މިބަލީގައި އެޑްމިޓްކޮށްގެން 61 މީހުންނަށްދަނީ ފަރުވާދެމުންނެވެ.
ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ބަލިން އަލަށް ރަނގަޅުވެފައިވަނީ 11 މީހުންނެވެ. މިއާއެކު މިހާތަނަށް 13،474 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19 ދެނެގަތުމައްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،188 ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 358،426 އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ