ސިވިލް ކޯޓަށް ޙާޒިރުވުމަށް ފޮނުވި ޗިޓަށް ފިލައިގެން އުޅޭ ކަމަށް ބުނެ، އެމްޑީޕީގެ އަންވަރު ހޯދަން އިއުލާން ކޮށްފި

ސިވިލް ކޯޓަށް ޙާޒިރުވުމަށް ފޮނުވި ޗިޓަށް ފިލައިގެން އުޅޭ ކަމަށް ބުނެ، އެމްޑީޕީގެ އަންވަރު ހޯދަން އިއުލާން ކޮށްފި

Author
އަހުމަދު
12 ޖުލައި 2026 02:53
0

 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އޮފިޝަލެއް ކަމަށްވާ، އަދި އިދިކޮޅު މައި ޕާޓީގެ ޖަލްސާތަކުގައި އެމްސީކަން ކުރައްވާ މީހެއްގެ ގޮތުން މަޝްހޫރު އަންވަރު އިބްރާހީމް، ސިވިލް ކޯޓަށް ޙާޒިރުވުމަށް ފޮނުވި ޗިޓަށް ފިލައިގެން އުޅޭ ކަމަށް ބުނެ، އޭނާ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 59 އަހަރުގެ އަންވަރަކީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ ރައީސް އެވެ.

ފުލުހުން އާދީއްތަ ދުވަހު ބުނީ، ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ އަޑުއެހުންތަކަށް ޙާޒިރު ނުވުމުގެ ސަބަބުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ޙާޒިރު ކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން، އޭނާ ހޯދަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، ހޯމަ ދުވަހު އޭނާ ކޯޓަށް ޙާޒިރު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އަންވަރު ހުރި ތަނަކާ ބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލްގެ ނަންބަރު 9991442 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިފަދަ މައްސަލަތަކުގައި ޢާންމުން ދެއްވާ އެއްބާރުލެއްވުމަށް ފުލުހުން ޝުކުރު ވެސް އަދާކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.