ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކަށް 2،500 މެންބަރުން ހޮވުމަށް ވޯޓުލުން ފަށައިފި

ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކަށް 2،500 މެންބަރުން ހޮވުމަށް ވޯޓުލުން ފަށައިފި

Author
އަހުމަދު
11 ޖުލައި 2026 12:10
0

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ 2،500 އަށްވުރެ ގިނަ މަގާމަށް މެންބަރުން ހޮވުމުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ 131 ރަށެއްގައި އެއްފަހަރާ ކުރިއަށްދާ މި ވޯޓުލުން ފަށާފައިވަނީ ހެނދުނު 9:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ޕީއެންސީން ބުނާ ގޮތުގައި، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މަގާމުތަކަށް މިހާ ގިނަ މެންބަރުން އެއްފަހަރާ ހޮވާ މިއީ ފުރަތަމަ ފަހަރެވެ. މި ވޯޓުން ހޮވާނީ ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެކި ގޮފިތަކުގެ މެންބަރުންނެވެ.

ޕީއެންސީ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ނުކުރައްވާ ދާއިރާތަކުގައި، ދާއިރާގެ ރައީސުން ވެސް މި ވޯޓުން ހޮވާނެ އެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން މަޖިލީހުގައި ތިއްބަވާ ދާއިރާތަކުން މި ވޯޓުގައި ހޮވާނީ ދާއިރާގެ ނައިބު ރައީސުން އެކަންޏެވެ.

މި އިންތިޚާބަކީ އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ޕީއެންސީގެ ޤައުމީ ކޮންގްރެސްގެ ކުރިން ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުމަށް ބާއްވާ މުހިންމު އިންތިޚާބެއް ކަމަށް އެ ޕާޓީން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.