ޓިކްޓޮކްގައި އާންމުކުރާ ބައެއް ވީޑިއޯތަކާއި ގުޅިގެން ޝައިޚު އަލީ ޒައިދުގެ އިލްތިމާސެއް!

ޓިކްޓޮކްގައި އާންމުކުރާ ބައެއް ވީޑިއޯތަކާއި ގުޅިގެން ޝައިޚު އަލީ ޒައިދުގެ އިލްތިމާސެއް!

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2021 09:05
0

ޓިކްޓޮކްގައި މުސްލިމުންގެ އަޚުލާޤީ މިންގަނޑުތަކާއި ޚިލާފަށް އާންމުކުރަމުންދާ ބައެއް ވީޑިއޯތަކާއި ގުޅިގެން ޝައިޚު އަލީ ޒައިދުގެ ޚާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.

އަލީ ޒައިދު ވިދާޅުވީ އިސްލާމްދީނާއި، ދިވެހިންގެ އަޚުލާޤީ މިންގަނޑުން ބޭރުން ޓިކްޓޮކްގައިވެސް އަދި އެހެން ތަނެއްގައިވެސް ވީޑިއޯ އާންމުކޮށް ހެދުމަކީ އެކަމުން ތިމާއަށް ކޮން ފައިދާއެއް ލިބޭކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަމުން ތިމާ އާޚިރަތާއި ބައްދަލުކުރާއިރު އެކަމުން ކުރާނީ ކޮންފައިދާއެއްތޯ އަމިއްލަ އަށް ވިސްނާލުމަށް ޝައިޚު އަލީ ޒައިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޓިކްޓޮކް ވިޔަސް އެހެން އެއްޗެއްގައި ވިޔަސް، އަޅުގަނޑުމެން މުސްލުމުން އަޚުލާޤީ މިންގަނޑުން ނެއްޓި، އެ ހަދާ ވީޑިއޯތަކަކީ ތިމާގެ އާޚިރަތަށް އެއިން ކޮން ފައިދާއެއް ކުރާނެ ކަމެއްތޯ ނިކަން ވިސްނަވާ! މަރުވުމަށްފަހު އެކަލާންގެ ހަޒުރަތުގައި އެއަށް ތިމާ ދޭނެ ޖަވާބެއް އެގޭނެބާ؟

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ފަހަކަށް އައިސް ޓިކްޓޮކްގައި ދިވެހިންގެ އަޚުލާޤީ މިންގަނޑުތަކުން ބޭރުން އާންމުކޮށް ފެންނަން ހުންނާނޭހެން ވީޑިއޯ ތައްޔާރުކޮށް އެވީޑއިއޯތައް އާންމުކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެކަމަށް އަމާޒުވެފައެވެ. އަދި މިކަމުން ތިމާއަށް ވަގުތީ މަޝްހޫރުކަމެއް ލިބުނު ކަމުގައި ވީނަމަވެސް މިއީ ތިމާގެ އަމިއްލަ ނަފްސަށާއި، އެހެން މީހުންގެ މަލާމާތް ފަހުން ރައްދު ވާނެ ކަމެއްކަމަށް ސޯޝަލް މީޑިޔާގައި ޝުއޫރު ފާޅުކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އަދި ޚާއްސަކޮށް ބައެއް ކަނބަލުން ނިވާކަން ކުޑަކޮށް، އާންކުރާ މިފަދަ ވީޑިއޯތަކުގެ މައްސަލަ ނުބަލައި، މިކަން އާންމުކަމަށް ވުމަށް ދޫކޮށްލުމަކީ ވަރަށް ދެރަ ކަމެއްކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.