ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދު މާރާމާރީ؛ ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ

ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދު މާރާމާރީ؛ ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ

Author
އަހުމަދު
10 ޖުލައި 2026 10:54
0

ވިލިމާލޭގައި މިއަދު މެންދުރުފަހު ދެ ގްރޫޕެއްގެ ދެމެދު ހިންގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާދޭން ޖެހިއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި މި މާރާމާރީގެ ރިޕޯޓު އެ އިދާރާ އަށް ލިބުނީ މިއަދު މެންދުރު 3:12 ހާއިރު އެވެ. މާރާމާރީ ހިންގާފައި ވަނީ ވިލިމާލޭ ކަނދޮޅުމާގޯޅީގައި ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށާއި، މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައީ ދިވެހި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ފާހަގަކުރި އެވެ.

އަނިޔާވި މީހުންގެ ތެރޭގައި 18 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނެއްގެ އިތުރުން 27 އަހަރާއި 31 އަހަރުގެ ދެ ފިރިހެނުން ހިމެނެ އެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.