ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
"ޔޫތު ހަބް"ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކުރި މި ތަކެތީގެ ތެރޭގައި ކުޅިވަރުގެ 21 ބާވަތެއްގެ ސާމާނު ހިމެނެއެވެ. މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް"ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ލިޔުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަބްދުالله ރާފިއުއެވެ.
ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް އެ ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިއުއާ ހަވާލުކުރައްވާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެހީއަކީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ. އަދި މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މީގެ ކުރިންވެސް ޗައިނާ ސަރުކާރުން ވަނީ ތަފާތު އެކި ފަހަރުމަތިން ދިވެހި ސަރުކާރަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ.
ކޮމެންޓު ފޮނުވާ