މާލެ ކައިރީ ދޯންޏަކާއި ލޯންޗެއް ޖެހި، ފަސް މީހަކު ޒަހަމްވެ ފަރުވާ ދޭން ފަށައިފި

މާލެ ކައިރީ ދޯންޏަކާއި ލޯންޗެއް ޖެހި، ފަސް މީހަކު ޒަހަމްވެ ފަރުވާ ދޭން ފަށައިފި

Author
އަހުމަދު
10 ޖުލައި 2026 12:44
0

މާލެ ކައިރީ ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނިގޮތުގައި، މިރޭ 9:16 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވުނީ "ލީޖަން 1″ ނަމަކަށް ކިޔާ ލޯންޗެއް، މާލޭ ބޮޑުތަކުރުފާނު މަގުގައި އޮންނަ އިއްޒުއްދީން ފާލަމާ ދިމާލުން ދޯންޏެއްގައި ޖެހުނު ހާދިސާއެއް ކަމަށެވެ. މި ހާދިސާގައި ޖެހުނު އަނެއް އުޅަނދު، އެކްސިޑެންޓަށްފަހު މަޑުނުކޮށް ސީނު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި އެއް ދިވެހި ފިރިހެނެކެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ދަނީ ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތާއެކު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.