އަނބިމީހާގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މީހާގެ 18 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

އަނބިމީހާގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މީހާގެ 18 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

Author
އަހުމަދު
09 ޖުލައި 2026 04:06
0

އަނބިމީހާގެ އަށް އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މީހަކަށް ދަށު ކޯޓުން އިއްވި 18 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.

ދައުލަތުން މި މީހާގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ، އޭނާގެ އަނބިމީހާގެ އަށް އަހަރުގެ ކޮއްކޮއަށް އެކި ދުވަސްމަތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ދައްކައި، ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

ދަށު ކޯޓުން މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން، އެ ހުކުމް އޭނާ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އިސްތިއުނާފުގައި އޭނާ ބުނެފައި ވަނީ، މި ތުހުމަތަކީ ކުއްޖާގެ ދައްތަ، އޭނާއާ މެދު އޮތް ރުޅިވެރިކަމުގައި ކުއްޖާ ލައްވައި ހަދަހަދައިގެން ދެއްކި ވާހަކަތަކެއް ކަމަށާއި، ކުއްޖާއަކީ ވާހަކަ ލިޔާ ކުއްޖެއް ކަމަށެވެ.

ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އެ ވާހަކަތައް ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، އެ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އޭނާ ދައްކާ ވާހަކަތަކަކީ ބުއްދި ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ދަށު ކޯޓުން ވެސް ނިންމާފައިވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.