ފުރިހަމަ ހަނގުރާމައަކަށް އެނބުރި ދިޔުމުގެ ބިރު ދައްކަމުން، އީރާނަށް ހަމަލާތަކެއް ދިންތާ އެންމެ ދުވަހެއް ފަހުން، އެމެރިކާގެ އަސްކަރިއްޔާއިން މިއަދު އަނެއްކާވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މިއީ އިއްޔެ އެމެރިކާއިން އީރާނުގެ 80 އަށްވުރެ ގިނަ އަމާޒުތަކަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ދިން ހަމަލާތަކެކެވެ. ފުރަތަމަ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އެ ހަމަލާތަކުގެ ކުރިން، ހޮރްމޫޒް ކަނޑުއޮޅީގައި ދިން ހަމަލާތަކާއެކު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ފަހަކަށް އައިސް އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ އެހެން ގައުމުތަކަށް ވިއްކުމުގެ ހުއްދަވެސް ބާތިލްކޮށްފައެވެ.
މިއަދު ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކާއި، އަމާޒުކުރެވުނު ތަންތަނުގެ ތަފްސީލްތައް އަދި ސާފުވެފައެއް ނުވެއެވެ. އިތުރު ތަފްސީލް އަންނަނީއެވެ.
ކޮމެންޓު ފޮނުވާ