"މީ މަގޭރާއްޖެ" ނަމުގައި އިކޮޅު ކޯލިޝަނުން މާދަމާރޭ ހއ.ދިއްދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވެފައިވެއެވެ.

މާދަމާރޭ ދިއްދޫގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާއަކީ ސަރުކާރުން ދިއްދޫ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީއާއި، ކައުންސިލް އިންތިޚާބުގައި ދިއްދޫއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
މި ޖަލްސާގައިވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާނީ މާލޭގެ ޕީޕީއެމް އޮފީހުގައި ތިބެގެންނެވެ. އަދި ދިއްދޫ ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށުގެ ޕީޕީއެމް ޖަގަހައިގައެވެ.
ކޮމެންޓު ފޮނުވާ