ޕީސީބީގެ ބޯޑަށް ޒައިނާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ޕީސީބީގެ ބޯޑަށް ޒައިނާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Author
އަހުމަދު
08 ޖުލައި 2026 09:18
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމަށް ގއ. ދާންދޫ، ޒައިނާ ޢަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ޒައިނާއަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުގެ 47 މެންބަރުން ވޯޓު ދެއްވިއިރު، ރުހުންދޭން ނުފެންނަކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ޒައިނާއަކީ ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޕީސީބީގެ ބޯޑަށް އައްޔަން ކުރެއްވިއިރު އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަޤާމުގައެވެ. މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމުވެސް އޭނާ އަދާކުރައްވާފައި ވެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭއިން ބެޗްލަރސް އޮފް ކޮމާސް ހާސިލުކުރައްވައި، މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރސް އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.