މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ މުޞްޠަފާ 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، މި ނިންމުން ނިންމާފައިވަނީ އަލީ މުޞްޠަފާއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިއާޔަތްކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ލ) ގެ ދަށުން 2026 ޖުލައި 8 އިން ފެށިގެން އިސްމެޖިސްޓްރޭޓް އަލީ މުޞްޠަފާ 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ 22 ވަނަ ޖަލްސާގައެވެ.
ކޮމެންޓު ފޮނުވާ