ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ، އައްޑޫއާ 933 ކިލޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި މި ބިންހެލުން ރިކޯޑުކުރެވިފައި ވަނީ އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ސަރަހައްދަށެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސީދާ އެއްވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ސުނާމީގެ އިންޒާރެއް ވެސް ނެރެފައި ނުވެ އެވެ.
ޗާގޯސް ސަރަހައްދަކީ ކުރީންވެސް ވަރަށް ގިނައިން ބިންހެލުން ރިކޯޑުކުރެވިފައިވާ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުގައި ހިނގާ ބިންހެލުންތަކުގެ އަސަރު އާންމުކޮށް ރާއްޖެއަށް ކޮށްފައި ނުވެ އެވެ.
ކޮމެންޓު ފޮނުވާ