ތިލަމާލެ ބްރިޖުގެ ހަތަރު ބައިކުޅަ ތިންބައި ނިމިއްޖެ

ތިލަމާލެ ބްރިޖުގެ ހަތަރު ބައިކުޅަ ތިންބައި ނިމިއްޖެ

Author
އަހުމަދު
08 ޖުލައި 2026 12:30
0

ތިލަމާލެ ބްރިޖު މަޝްރޫއުގެ 75 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހަތް ކިލޯމީޓަރުގެ މި ބޮޑު ބްރިޖު މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. މިގޮތުން ޑެކަށް ބޭނުންވާ ޖުމްލަ 1،222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސެންޓު ސެގްމަންޓު މިހާރު ވަނީ ކާސްޓްކޮށް ނިންމާފައެވެ. އަދި އޭގެ ތެރެއިން 72.9 ޕަސެންޓު ސެގްމަންޓު، ބްރިޖުގެ ތަނބުތައް ގުޅާލުމަށް ވަނީ އިންސްޓޯލްކޮށްފައެވެ.

ޖުމްލަ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހަރަދުވާ މި މަޝްރޫއުގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދިން ހިލޭ އެހީ އެވެ. މަޝްރޫއަށް ބޭނުންވާ ލޯނު ފައިސާ ދޫކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މީގެ އިތުރުން، ބްރިޖު އެޅުމުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެއްޓެވި މި ބިޔަ މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާރު ދޭ ޔަގީންކަމަކީ، އަންނަ އަހަރުގެ ނިޔަލަށް ބްރިޖުގެ ބޮޑު ބައި ނިމި، މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖު މަތިން ދަތުރުކުރެވޭވަރު ވާނެ ކަމުގެ ޔަގީންކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.