ހާޑްވެއާ ފިހާރައެއް ފަޅާލައި ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި

ހާޑްވެއާ ފިހާރައެއް ފަޅާލައި ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
06 ޖުލައި 2026 12:15
0

މާލޭގެ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަންކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހިތަށްފިނިވާމަގުގައި ހުންނަ މި ފިހާރައިން ވައްކަންކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އުމުރުން 46 އަހަރުގެ އަހުމަދު ނަސްރު އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، އުމުރުން 35 އަހަރުގެ ފާރިސް އަލީ ޝަރީފް އެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅުނު މި މައްސަލައިގެ ތަހުގީގަށް ސީސީޓީވީ ފުޓޭޖު ބަލައިގެން ކުށްކުރި މީހުން ވަނީ ދެނެގަނެފައެވެ.

މި މީހުން އެ ފިހާރައިން ވަގަށް ނެގީ ލޮއި ނަރު ރޯލުތަކެކެވެ. ފުލުހުން ވަނީ އެ ތަކެތި ހޯދައި، މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށް ދެ މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.