ރާއްޖެއިން ފޭކް 'ޑާޒަލެކްސް' އިންޖެކްޝަންތަކެއް ފެނި، ޑަބްލިއުއެޗްއޯ އިން ސަމާލުވުމަށް އަންގައިފި

ރާއްޖެއިން ފޭކް 'ޑާޒަލެކްސް' އިންޖެކްޝަންތަކެއް ފެނި، ޑަބްލިއުއެޗްއޯ އިން ސަމާލުވުމަށް އަންގައިފި

Author
އަހުމަދު
05 ޖުލައި 2026 08:01
0

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ 'ޑާޒަލެކްސް' އިންޖެކްޝަންގެ ފޭކް ބެޗެއް ރާއްޖެއިން ފެނިފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ނެރެފިއެވެ.

މި އިންޖެކްޝަނަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާކުރުމަށް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ. ޑަބްލިއުއެޗްއޯގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ އިންޒާރުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް ވަނީ މި ފޭކް އިންޖެކްޝަންތަކުގެ ދެ ބެޗެއް ފެނިފައެވެ. މިއީ ޑިސްޓްރިބިއުޓް ކުރުމުގެ އެއްވެސް ހުއްދައެއް ނެތް ބަޔަކު، އުފެއްދި ތަނާއި އެތެރެކުރި ގޮތް އޮޅުވާލައިގެން ވިއްކަމުންދާ ތަކެތިކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ކަމަށްވާ ޖޭންސެނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ފޭކްކަން ފާހަގަކުރެވިފައިވަނީ MYS7381 އަދި STV1K01 ބެޗު ނަންބަރުގެ އިންޖެކްޝަންތަކެވެ. މީގެ ތެރެއިން ރާއްޖެއިން ފެނިފައިވަނީ STV1K01 ބެޗުގެ އިންޖެކްޝަންތައް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ހަވާލާދީ ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

މިހާތަނަށް މި ފޭކް އިންޖެކްޝަންތަކުގެ ލެބޯޓަރީ ޓެސްޓްތައް ހަދާފައި ނުވާތީ، މީގެ ސަބަބުން ބަލިމީހުންނަށް ކުރާނެ ނޭދެވޭ އަސަރުތައް އަދި ދެނެގަނެވިފައެއް ނުވެއެވެ. އެހެންނަމަވެސް، މީގައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ މާއްދާތަކެއް އެކުލެވިގެންވުމުގެ ބިރު އޮތްކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.