ލަންކާގެ ދެމަފިރިއަކު މަރާލި މައްސަލައިގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ޑީޕޯޓުކޮށްލައިފި

ލަންކާގެ ދެމަފިރިއަކު މަރާލި މައްސަލައިގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ޑީޕޯޓުކޮށްލައިފި

Author
އަހުމަދު
05 ޖުލައި 2026 12:09
0

ސްރީލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ރާއްޖެއިން ހިފަހައްޓައި، އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 23 އަހަރުގެ ޒުވާނާއަކީ މީގެ ކުރިން 2021 އިން 2022 އަށް ރާއްޖޭގައި ވަޒީފާ އަދާކޮށްފައިވާ މީހެކެވެ. އޭނާ މި މަހުގެ 3 ވަނަ ދުވަހު އަލުން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް އިމިގްރޭޝަނުން ވަނީ ހުއްޓުވައި ޑިޓެންޝަންގައި ބަހައްޓާފައެވެ. އެއަށްފަހު އިއްޔެގެ މެންދުރުފަހުގެ ފްލައިޓަކުން އޭނާ ލަންކާއަށް ފޮނުވާލުމާއެކު، އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވަނީ އެއާޕޯޓުން އޭނާ ހައްޔަރުކޮށް، ތަހުގީގު ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ލަންކާގެ އަކުރެގޮޑާ ސަރަހައްދުގައި ހިންގި މި ގަތުލުގައި، ރާއްޖެއިން ފޮނުވާލި މީހާ އަދާކުރި ރޯލަކީ ހަމަލާދިން މީހުން ފިލަން ބޭނުންކުރި އުޅަނދު ދުއްވުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ފަހަކަށް އައިސް ސްރީލަންކާގައި ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ބަޑީގެ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެގައުމުގެ ފުލުހުން ދަނީ ކުށްކުރާ ގްރޫޕްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.