ގދ. ގައްދޫގައި ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާ ވިޔަފާރިތަކަށް އެ ރަށު ކައުންސިލުން އިންޒާރު ދީފިއެވެ.
ގައްދޫ ކައުންސިލުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް އެރަށުގެ ބައެއް ފިހާރަތަކުން ކާޑު ވިއްކަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކާޑުގެ އެއްވެސް ބާވަތެއް ޕެކެޓުކޮށްގެން ވިއްކި ނަމަވެސް، ޕެކެޓުކުރުމުގެ ހަރަދު އެއްކޮށް އަގުބޮޑުކޮށް ވިއްކޭނީ އިކޮނޮމިކް މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅައިގެން ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
މި އެންގުމާ ހިލާފަށް ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާނަމަ، އެކަން އިކޮނޮމިކް މިނިސްޓްރީއަށް ރިޕޯޓުކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެފަދަ ހާލަތްތަކުގައި ގަވާއިދާ ހިލާފުވާ ވިޔަފާރިއެއް 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ މުއްދަތަށް އެތަނެއް ބަންދުކުރުމަށް މިނިސްޓްރީއަށް އެންގިދާނެކަން ކައުންސިލުގެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ