މޫދަށް އެރި އުޅުނު 86 އަހަރުގެ މީހަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު 86 އަހަރުގެ މީހަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 04:36
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 12:20 ހާއިރު ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.