ލުއިފަސޭހަކަމާއެކު ފަރުވާ ހޯދޭނެހެން ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނާރސިންގ ޚިދުމަތް ފަށައިފި

ލުއިފަސޭހަކަމާއެކު ފަރުވާ ހޯދޭނެހެން ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނާރސިންގ ޚިދުމަތް ފަށައިފި

Author
އަހުމަދު
28 ޖޫން 2026 10:40
0

އާންމުކޮށް ބޭނުންވާ ނާރސިންގ ފަރުވާތައް އަވަހަށް އަދި ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނާރސިންގ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. މި ޚިދުމަތް ތަޢާރަފުކުރުމާއެކު، ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބަލިމީހުންނަށް ބޭނުންވާ ގިނަ ފަރުވާތަކެއް ވަރަށް ލުއިފަސޭހަކަމާއެކު އެއްތަނަކުން ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަލަށް ފެށި އައުޓްޕޭޝަންޓް ނާސިންގް މެދުވެރިކޮށް ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި އިންޖެކްޝަން ޖެހުމާއި، ބޭސްއެޅުމާއި، އާވި އަރުވައިދިނުން ހިމެނެއެވެ. މީގެ އިތުރުން މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމާއި، ލޭގެ ހަކުރު ހުންނަ މިންވަރު ބަލައިދިނުމާއި، ލޭ ނެގުމުގެ އިތުރުން ލޭ ހަދިޔާކުރުމުގެ ޚިދުމަތްވެސް މިތަނުން ފޯރުކޮށްދޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ އެތަނުގެ އެންމެ ބޮޑު އަމާޒަކީ އޯގާތެރިކަމާއި އަޅާލުމާއެކު ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތްތައް ތަރައްޤީކޮށް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.