ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅަން ނިންމައިފި

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅަން ނިންމައިފި

Author
އަހުމަދު
25 ޖޫން 2026 03:58
0

ލ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދު 'އެކްސް' ގައި އާންމުކުރި ވީޑިއޯއަކާއެކުގައެވެ. ނަމަވެސް މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ. ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މިދިޔަ އަހަރު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ވިދާޅުވެފައިވަނީ، އައު އެއާޕޯޓު ތަރައްޤީކުރާނީ ގިނަ ރިސޯޓުތަކާއެކު އިޤްތިޞާދީ ގޮތުން އެންމެ ފައިދާބޮޑުވާނެ ރަށެއްގައި ކަމަށެވެ. މިހާރު ލ. އަތޮޅުގައި ވައިގެ ބަނދަރެއް އޮންނަނީ ހަމައެކަނި ކައްދޫގައެވެ. އައު އެއާޕޯޓާއެކު އެ ސަރަޙައްދުގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.