ވޯޓުލާމީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަދާލަތުން ހުޅުވާލައިފި

ވޯޓުލާމީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަދާލަތުން ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 09:41
0

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް، އޮންލައިކޮށް އިތުރުން ޝަކުވާ ހުށަހަޅާ ފޯމް، މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 20 ވަނަ ދުވަސްކަމަށް އެޕާޓީން ވަނީ ކަނޑައަޅާފައެވެ.

އެޕާޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށެވެ. އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ ޕާޓީގެ މައި އިދާރާގެ ނަންބަރު އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވައިގެން މައުލޫމާތު ސާފު ކުރެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.

ޚިޔާލު ތަފާތުވި އަދާލު ޕާޓީގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 17 ވަނަދުވަހުގެ 14:00ގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.