މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުން ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ކަރެކްޝަންސް އިން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޖަލަށް މަނާތަކެތި ވައްދައިގެން އާންމުންނަށް ގުޅައި ސްކޭމް ކުރުމުގެ މައްސަލަތައް ހިންގާތީ، މީގެ ކުރިންވެސް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މިފަދަ ގިނަ އޮޕަރޭޝަންތަކެއް އެ ތަނުގައި ހިންގާފައިވެއެވެ. ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ކަރެކްޝަންސް އިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅައި، ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ