އެމްޑީޕީގެ "ބޮޑު ބަދަލު" އޮފީހުގެ އިސްވެރިޔަކަށް ހަސަން ލަތީފް އައްޔަނުކުރައްވައިފި

އެމްޑީޕީގެ "ބޮޑު ބަދަލު" އޮފީހުގެ އިސްވެރިޔަކަށް ހަސަން ލަތީފް އައްޔަނުކުރައްވައިފި

Author
އަހުމަދު
21 ޖޫން 2026 03:44
0

މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައި އަލަށް ގާއިމުކުރި "ބޮޑު ބަދަލު" އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހަސަން ލަތީފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕާޓީގެ ތެރޭގައި މިފަދަ އޮފީހެއް އުފެއްދުމަށް ނިންމާފައިވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ހުށަހަޅުއްވައިގެން، ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މި އޮފީހުގެ މައިގަނޑު ބޭނުމަކީ ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން އަމާޒުހިފާފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

މި "ބޮޑު ބަދަލު" އަކީ ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްވެ ހުންނަވައި ހުށަހަޅުއްވާފައިވާ ނިޒާމީ ބަދަލެކެވެ. މިދިޔަ އޭޕްރީލް މަހު ފައްޔާޒް ވަނީ، އޭނާއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ވެރިކަމުގެ ފުރަތަމަ ދުވަހު މި ނިޒާމީ ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބަދަލާއެކު ސަރުކާރު ހިންގުމާ އޭނާ ހަވާލުވެވަޑައިގެން، ދައުލަތުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ރައީސް ނަޝީދު ހުންނެވުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށްވެސް ފައްޔާޒް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.