އަނިޔާގެ ސަބަބުން ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ނޭމާއަށް ގެއްލިއްޖެ

އަނިޔާގެ ސަބަބުން ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ނޭމާއަށް ގެއްލިއްޖެ

Author
އަހުމަދު
19 ޖޫން 2026 10:17
0

ފީފާ ވޯލްޑް ކަޕްގައި ބްރެޒިލުން ކުޅޭ ދެވަނަ މެޗުގައި ހެއިޓީއާ ދެކޮޅަށް ނުކުންނައިރު، އަނިޔާގެ ސަބަބުން މި މެޗުގައި ވެސް އެ ޓީމުގެ ތަރި ނޭމާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، އެމެރިކާގެ ފިލަޑެލްފިއާގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ޓީމާއެކު ނޭމާ ދަތުރެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އުމުރުން 34 އަހަރުގެ ފޯވާޑް މަޑުކުރާނީ، އަނިޔާއިން މުޅިން ރަނގަޅުވުމުގެ އެންމެ ފަހުގެ ފަރުވާތައް ފުރިހަމަކުރުމަށް ނިއު ޖާޒީގަ އެވެ. މިދިޔަ އަންގާރަ ދުވަހު އޭނާ އަލުން ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، އަދި ޓީމާއެކު ފުރިހަމަ ޕްރެކްޓިސް ސެޝަނެއް އޭނާ ފުރިހަމަކޮށްފައެއް ނުވެ އެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ މީގެ ކުރިން ބުނެފައިވަނީ، ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި ނޭމާ ހިމެނީ ހަމައެކަނި އޭނާގެ މޮޅު ކުޅުމަށް ބަލާފައި ނޫން ކަމަށާއި، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އޭނާގެ މުއްސަނދި ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ކުރާނެތީ ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް 1-1 އިން ބްރެޒިލް އެއްވަރުވެފައިވާއިރު، ގްރޫޕް ސީ ގައި ހެއިޓީއާ ދެކޮޅަށް އެ ޓީމު ނުކުންނަ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ފަތިހު 5:30 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.