އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
އަހުމަދު
18 ޖޫން 2026 02:56
0

ޤައުމީ ދިފާޢީ ބާރުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސް ޢާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޙުސައިން ޢަބްދުއްރަޙުމާނަކީ 21 އަހަރާއި 7 މަހާއި 16 ދުވަހު ސިފައިންގޭގައި ވަރަށް އިޚްލާސްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެބޭފުޅާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުކަން ފާހަގަކުރައްވައި، މަރުޙޫމްގެ ޢާއިލާއަށާއި މުޅި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. މީގެ އިތުރުން، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި، އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.