ކެލިފޯނިއާގައި އެމެރިކާގެ އަސްކަރީ ބޯޓެއް ވެއްޓި އޭގައި ތިބި 8 މީހުން މަރުވެއްޖެ

ކެލިފޯނިއާގައި އެމެރިކާގެ އަސްކަރީ ބޯޓެއް ވެއްޓި އޭގައި ތިބި 8 މީހުން މަރުވެއްޖެ

Author
އަހުމަދު
16 ޖޫން 2026 05:25
0

ކެލިފޯނިއާގެ އަސްކަރީ ބޭހަކުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 މަރުކާގެ ބިޔަ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި އަށް ފަޅުވެރިން މަރުވެއްޖެ އެވެ.

މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުވެފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ. ބޯޓު ވެއްޓުމުގެ ސަބަބުން ވައިގެ ބަނދަރުގެ ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ތަނުގެ ހުރިހާ އުދުހުންތަކެއް ވަނީ މެދުކަނޑާލާފަ އެވެ. އަދި އެ ސަރަހައްދަށް އަންނަން ހުރި ހުރިހާ ފްލައިޓްތަކެއް ވެސް މިހާރު ދަނީ އެހެން ސަރަހައްދުތަކަށް ފޮނުވާލަމުންނެވެ.

އެމެރިކާގެ އަސްކަރީ ސިނާއަތުގެ ފަހުރެއްގެ ގޮތުގައި ސިފަކުރާ، އަށް އިންޖީނުލީ ބީ-52 ސްޓްރެޓޯފޯޓްރެސް ބޯޓުތަކަކީ 1950 ގެ އަހަރުތަކުން ފެށިގެން ދުރު ރާސްތާގެ ސްޓްރެޓީޖިކް ބޮން އެޅުމަށް ބޭނުންކުރާ ބޯޓުތަކެކެވެ. ފަންސާސް ހާސް ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ މި މަރުކާގެ ބޯޓުތަކަކީ ވިއެޓްނާމާއި، ގަލްފާއި، އިރާގާއި، އަފްގާނިސްތާނުގެ އިތުރުން ފަހަކަށް އައިސް އީރާނުގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް އެމެރިކާއިން ބޭނުންކޮށްފައިވާ ބާވަތުގެ ބޯޓުތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.