އިސްލާމީ އުންމަތުގެ ވެރިންނަށް ރައީސް މުޢިއްޒު ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ އުންމަތުގެ ވެރިންނަށް ރައީސް މުޢިއްޒު ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި

Author
އަހުމަދު
16 ޖޫން 2026 11:29
0

ފެށިގެން މިދާ އައު ހިޖުރީ އަހަރުގެ މުނާސަބަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ޚާއްޞަ މެސެޖުގައި، މިއީ މުޖުތަމަޢުގެ ހާލަތާމެދު ފުންކޮށް ވިސްނައި، އަމިއްލަ އެދުން ދޫކޮށް އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކުރަންވީ ވަގުތުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މުޅި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި އޯގާތެރިކަމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، މި ފެށުނު އާ އަހަރަކީ މުޅި އިސްލާމީ އުންމަތަށް ސުލްހަ މަސަލަސްކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރެއް ކަމުގައި ލެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަ އީމާންތެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ޚާލިޞް ދުޢާ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.