ސަރުކާރު ކުންފުނިތަކުން އެމްޑީޕީ މެމްބަރުން ވަކިކުރާ މައްސަލައިގައި ޒަރީރު މަޖިލީހަށް ހާޒިރު ކުރަނީ

ސަރުކާރު ކުންފުނިތަކުން އެމްޑީޕީ މެމްބަރުން ވަކިކުރާ މައްސަލައިގައި ޒަރީރު މަޖިލީހަށް ހާޒިރު ކުރަނީ

Author
އަހުމަދު
15 ޖޫން 2026 09:33
0

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު ޒަރީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ހުށަހެޅުއްވި ސުވާލުގައި ފާހަގަކުރައްވާފައިވަނީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އައްޔަންކުރެވޭ ސިޔާސީ މަޤާމުތައް ފިޔަވައި، ދައުލަތުގެ އާދައިގެ ވަޒީފާތަކުގައި ތިބޭ މީހުންގެ ސިޔާސީ ފިކުރަށާއި ނިސްބަތްވާ ޕާޓީއަށް ބަލައި ތަފާތުކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ މެންބަރުންނަށް ބިރުދައްކައި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދަނީ ކޮން އުސޫލަކުން، ކޮން ސަބަބަކާ ހުރެތޯ މެންބަރު ވަނީ ސުވާލުކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި ހަރަކާތްތެރިވި ބައެއް އާންމު މުވައްޒަފުންނާމެދު ސަރުކާރު ކުންފުނިތަކުން ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.