އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ

އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ

Author
އަހުމަދު
13 ޖޫން 2026 08:27
0

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމުގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެ ދެ ގައުމުން އެއްބަސްވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދެއްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްބަސްވުމުގެ ކުރިއަށް ހުރި މަރުހަލާތައް ފުރިހަމަކުރުމަށް ޕާކިސްތާނުން ދެ ގައުމާ އެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެމެރިކާއާއި އީރާނުގެ ރައީސުން ޓެގްކުރައްވައި ޝަރީފް ކުރެއްވި ޕޯސްޓުގައި، ސުލްހަ ގާއިމުވުމާ މިހާ ގާތަށް މީގެ ކުރިން ދުވަހަކުވެސް އާދެވިފައި ނުވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އީރާނުން މަޝްވަރާތަކުގައި އިޚުލާސްތެރިކަމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވަނީ މިއީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ އެންމެ ގާތަށް އާދެވުނު ފަހަރުކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ މި ސުލްހައިގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ބައެއް ފަރާތްތަކުން ގަސްތުގައި ދޮގު މައުލޫމާތު ފަތުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް، އެތައް މަހެއް ވަންދެން ޕާކިސްތާނުން ކުރި މަސައްކަތުން މިހާރު މިވަނީ ހަނގުރާމަ ހުއްޓުމަކަށް އައުމުގެ އުންމީދު އާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.