ވޯލްޑް ކަޕްގެ ފޯރި ނެގުމަށް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިފި

ވޯލްޑް ކަޕްގެ ފޯރި ނެގުމަށް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިފި

Author
އަހުމަދު
11 ޖޫން 2026 12:31
0

މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީނުގައި ބަލާލުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ފަހިކޮށްދީފިއެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި، މި އިންތިޒާމުގެ ދަށުން މުބާރާތުގެ ހުރިހާ މެޗެއްވެސް ފޯރީގައި ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. މިގޮތުން ބޮޑު ސްކްރީންތައް ބަހައްޓާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ އިތުރުން ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދުގައެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި ނަމަ، ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރީގައިވެސް ވަނީ މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

މުޅި ރާއްޖޭގައި ވޯލްޑް ކަޕްގެ ފޯރި ގަދަވެފައިވާއިރު، އެޗްޑީސީގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ސަޕޯޓަރުންނަށް އަމާން އަދި އުފާވެރި މާހައުލެއްގައި އެއްވެސް އަގެއް ދެއްކުމަކާ ނުލައި މެޗުތައް ބަލާލެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.