މާލޭގެ އާދިލް މިސްކިތުގެ ސައުންޑް ސިސްޓަމް ކޭބަލް ވަގަށް ނަގައިފި

މާލޭގެ އާދިލް މިސްކިތުގެ ސައުންޑް ސިސްޓަމް ކޭބަލް ވަގަށް ނަގައިފި

Author
އަހުމަދު
11 ޖޫން 2026 12:29
0

މަޖީދީމަގު ހީނާމާގެ ޕާކިންޒޯނާ ޖެހިގެން ހުންނަ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް) ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ 50 ފޫޓުގެ ކޭބަލެއް ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި، މި ކޭބަލް ވަގަށް ނެގުމުގެ ސަބަބުން އެ މިސްކިތުގައި މިއަދުގެ ފަތިސް ނަމާދުކޮށްފައިވަނީ ސައުންޑް ސިސްޓަމް ބޭނުން ނުކޮށެވެ. ނަމަވެސް މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން އާ ކޭބަލެއް އަޅައި، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އަދި މި ވައްކަމުގެ މައްސަލަ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައެވެ.

މިސްކިތްތަކުން ވައްކަން ކުރުމަކީ މާލޭގައި ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ބޮޑު މައްސަލައަކަށް ވާއިރު، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މިއީ ވަރަށް ނާތަހުޒީބު އަމަލެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެމީހުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދޭންޖެހޭނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.