ކަނޑުތައް ސާފުކުރަން ގެނައި ޚާއްސަ "އީކޯ-ވެސެލް" އަށް މިނިސްޓަރުގެ ތައުރީފު

ކަނޑުތައް ސާފުކުރަން ގެނައި ޚާއްސަ "އީކޯ-ވެސެލް" އަށް މިނިސްޓަރުގެ ތައުރީފު

Author
އަހުމަދު
10 ޖޫން 2026 03:20
0

ރާއްޖޭގެ ކަނޑުތަކަށް އެޅޭ ޕްލާސްޓިކާއި ކުނިބުނި ސާފުކުރުމަށް ޚާއްސަ އުޅަނދެއް ރާއްޖެ ގެނެސްފިއެވެ.

އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް އަލަށް ތައާރަފުކުރި ތިމާވެއްޓާ ރައްޓެހި މި "އީކޯ-ވެސެލް" އަކީ ޒަމާނީ ވަސީލަތްތަކާއެކު ކަނޑުފަޅުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި ކުނިބުނި ނައްތާލުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފު ވަނީ މި އުޅަނދު ބައްލަވާލައްވައި، މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ކުންފުންޏަކުން އިސްނަގައިގެން ކުރާ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި މިފަދަ ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ ތިމާވެށި މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބޭއްވުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުތަކުން ފެންނަ ޕްލާސްޓިކްގެ މިންވަރު ބޮޑުތަނުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.