އައްޑޫ ފޭދޫގައި ފެންބޮޑުވެ، ސިފައިން ނުކުމެ ފެން ހިންދައިފި

އައްޑޫ ފޭދޫގައި ފެންބޮޑުވެ، ސިފައިން ނުކުމެ ފެން ހިންދައިފި

Author
އަހުމަދު
31 މެއި 2026 01:18
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

ފޭދޫގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނުންނެވެ. ސިފައިން މި މަސައްކަތް ފަށާފައިވަނީ ރޭ ފަތިހު 03:45 ހާއިރުއެވެ.

ޕަމްޕު ބޭނުންކޮށްގެން މަގުތަކުން ފެންގަނޑު ހިއްކުމަށް ފަޔަރ ފައިޓަރުން މިއަދު ހެނދުނު 10:10 ވަންދެން ވަނީ މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ މަގުތަކުން ފެން ހިންދައި، ރަށުގެ ހާލަތު އާންމު ގޮތަކަށް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.