ލ. ގަމުގައި ކަރަންޓު ޖެހިގެން ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ އުމުރުން 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި އިއްޔެ މެންދުރު 12:00 ހާއިރު އެ ކުއްޖާ ވެންޓިލޭޓަރުން ނަގާފައިވީ ނަމަވެސް، އަދިވެސް ފަރުވާދެމުން އަންނަނީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައެވެ. އަދި ޑޮކްޓަރުން އަންނަނީ އެ ކުއްޖާގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ، މަގުމަތީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ކަރަންޓު ޖެހުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުން ބޮޑު ބައެއް ފިހިފައިވާއިރު، އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ކުއްޖާގެ ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު މާލެ ގެނެސް، އައިޖީއެމްއެޗްގައި އައީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ