ހިތާމަތަކާއެކުވެސް ޣައްޒާގެ ރައްޔިތުން އީދާ ބައްދަލުކުރީ ނުގުޑާފަދަ ސާބިތުކަމަކާއެކު

ހިތާމަތަކާއެކުވެސް ޣައްޒާގެ ރައްޔިތުން އީދާ ބައްދަލުކުރީ ނުގުޑާފަދަ ސާބިތުކަމަކާއެކު

Author
އަހުމަދު
27 މެއި 2026 07:33
0

އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ފުން ހިތާމަތަކާއެކުވެސް، ޣައްޒާގެ ރައްޔިތުން މިއަހަރުގެ އަޟްހާ އީދާ ބައްދަލުކުރީ ވަރުގަދަ ސާބިތުކަމަކާއި ކެތްތެރިކަމާއެކުގައެވެ.

ފާއިތުވި ދެ އަހަރަށްވުރެ ގިނަ ދުވަހު އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި 72،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް އާއިލާއެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. މީގެ ކުރިން އީދު ނަމާދުތައް ކުލަގަދަކޮށް މިސްކިތްތަކުގައި ކުރި ނަމަވެސް، ޣައްޒާގެ 1،100 އަށްވުރެ ގިނަ މިސްކިތް ހަލާކުކޮށްލާފައިވުމުން ގިނަ ބަޔަކު މިއަހަރު އީދު ނަމާދުކުރީ މަގުމަތީގައާއި ހާމަ ފަސްގަނޑުތަކުގެ އިތުރުން ވަގުތީ ފޭލިގެތަކުގައެވެ. އާއިލާތަކުގެ އެތައް ބަޔަކު ޝަހީދުވެފައިވުމުން މިއީ ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަމަށްވުރެ ބޮޑަށް ކެތްތެރިކަން އިމްތިހާނުކުރެވޭ ހިތްދަތި ދުވަސްތަކެކެވެ. އެހެންނަމަވެސް، މިފަދަ ދަތި ހާލުގައިވެސް ދީނީ އާދަކާދަތައް ދެމެހެއްޓުމާއި، ފޭލިގެތަކުގައި ކުޑަކުދިން ކުޅެ އުފާފާޅުކުރާ މަންޒަރުން ފެނިގެންދަނީ ފަލަސްތީނު ރައްޔިތުންގެ އުއްމީދާއި، ދިރުމާއި އަދި ގަދަފަދަ ހިތްވަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.