ބިދޭސީއެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ޝަމްއާންއަށް ހުކުމް އިއްވުން ފަސްކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ޝަމްއާންއަށް ހުކުމް އިއްވުން ފަސްކޮށްފި

Author
އަހުމަދު
21 މެއި 2026 02:01
0

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް މިއަދު އިއްވަން ތާވަލުކުރި ހުކުމް، އޭނާގެ ވަކީލު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް އުފުލީ، 500،000 ރުފިޔާއާއެކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީއަކު، ޝަމްއާންގެ އެންގުމަކަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާތީއެވެ.

މިދިޔަ އަހަރުގެ މާޗު މަހު ފެންމަތިވި މި މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުން، އެ ބިދޭސީ މީހާ ބަންދުން ދޫކޮށްލުމަށްފަހު އޭނާގެ އަތުން އަތުލި ފައިސާތައް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވަނީ ޝަމްއާންގެ ގެއަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރި ނަމަވެސް، މިހާރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައެވެ. މިއަދު އިއްވަން އޮތް ހުކުމް ދެން އިއްވާނެ ވަކި ތާރީޚެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.