ރައީސް އާއި އަނބިކަނބަލުން ދުރުކުރަން އިދިކޮޅުން މަސައްކަތްކުރާކަމުގެ ތުހުމަތު!

ރައީސް އާއި އަނބިކަނބަލުން ދުރުކުރަން އިދިކޮޅުން މަސައްކަތްކުރާކަމުގެ ތުހުމަތު!

Author
އަހުމަދު
15 މެއި 2026 01:20
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ގަސްތުގައި މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައިފިއެވެ.

ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ރަނގަޅުވެ، ރައްޔިތުން އެކަން ބަލައިގަތުމުން އިދިކޮޅު ފަރާތްތަކަށް ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތްކުރަނީ އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ، ދޮގު ވާހަކަތަކާއި ޑޮކިއުމެންޓަރީތައް ހަދައިގެން ރައީސްގެ ދެކަނބަލުންގެ ދެމެދުގައި މައްސަލަ ޖެއްސުމަށް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅުން އުފައްދަމުންދާ ނެރޭޓިވްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ދަރިފުޅު ކައިރިއަށް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަކީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ރާވާފައިވާ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް އެ ދަތުރުފުޅާ ގުޅުވައިގެންވެސް ދެކަނބަލުން ދުރުވެއްޖެކަމުގެ ދޮގު ވާހަކަތައް އިދިކޮޅުން ފަތުރާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ އަމަލުތަކަށް ފާޑުވިދާޅުވަމުން ރައީސް ވަނީ، ރާއްޖޭގެ ސިޔާސީ މައިދާނަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ޒިންމާދާރު އޮޕޮޒިޝަނެއް ރާއްޖެއަށް ލިބޭތޯ ހުރިހާ ރައްޔިތުން ދުއާކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.