ތާރީޚީ ކުރިއެރުމަކާއެކު، އެސްޓީއޯއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅައިފި

ތާރީޚީ ކުރިއެރުމަކާއެކު، އެސްޓީއޯއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅައިފި

Author
އަހުމަދު
01 މެއި 2026 11:08
0

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުން ނިންމައިފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެ ކުންފުނިން ހިއްސާދާރުންނަށް މަންފާގެ ގޮތުގައި ބަހަން ކަނޑައެޅި އެންމެ ބޮޑު އަދަދެވެ. އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، ބޯޑުގެ މި ނިންމުން ރަސްމީކޮށް ފާސްކޮށް ފައިސާ ދޫކުރަން ފަށާނީ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރުމުންނެވެ.

މިފަދަ ބޮޑު އަދަދެއް ހިއްސާދާރުންނަށް ބަހަން ނިންމާފައިވަނީ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމާ ގުޅިގެންނެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމަށްވާ އެސްޓީއޯއިން ނިންމި މި ނިންމުމުގެ ސަބަބުން ކުންފުނީގެ ހިއްސާދާރުންނަށް ބޮޑު މަންފާއެއް ލިބުމުގެ އިތުރުން، އިންވެސްޓަރުން ކުންފުންޏަށް ކުރާ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.