ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސ. ފޭދޫ ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު އެ މަގާމަށް އައްޔަންކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. މި ބަދަލު ގެނައުމާ ހަމައަށް އޭނާ ފުރުއްވަމުން ގެންދެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ.
ޑރ. އަޒްވަރަކީ 1997 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ މުހިންމު ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) ގެ މަގާމުވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ