ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ހަތަރު މެންބަރަކު އައްޔަންކޮށްފި

ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ހަތަރު މެންބަރަކު އައްޔަންކޮށްފި

Author
އަހުމަދު
26 އޭޕްރިލް 2026 11:09
0

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގެ މަސްއޫލިއްޔަތު އުފުލާ މައި ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ހަތަރު މެންބަރަކު މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ކުރިން ބޯޑުގައި ތިއްބެވި ހަތަރު މެންބަރެއްގެ މަގާމަށެވެ. އަލަށް ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަކީ ކ. ތުލުސްދޫ ވިލަރެސް، ހުދާ ފަހުމީ އާއި، ރ. ރަސްގަތީމު ރަސްވެލި، އާއިޝަތު މަލްހާ އާއި، މއ. ރިހިރާޅު، އަލީ ސިނާންގެ އިތުރުން މ. ވާރޭވިލާ، އާއިޝަތު އަލީއެވެ.

މި އައު އައްޔަންކުރުންތަކާއެކު، ވިޒިޓް މޯލްޑިވްސްގެ ބޯޑު މިހާރު އެކުލެވިގެންވަނީ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ މައްޗަށެވެ. އަދި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި ބޯޑުގައި ދެން ތިއްބަވަނީ މާހާ ނަސީރު، އާމިނަތު ވުލާއު މުހައްމަދު ނާޒިމް، އަބްދުލްސަމީއު އިމާދު، އާއިޝަތު ހަމީދު އަދި ސަބީހާ އަހުމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.