ޖާންވީ ގެ މި ނެށުން ދުށިންތަ؟

ޖާންވީ ގެ މި ނެށުން ދުށިންތަ؟

ޒުވާން ބަތަލާ ޖާންވީން ކަޕޫރު، ސޯޝަލްމީޑިއާ މެދުވެރިކޮށް "ބެލީ ޑާންސިން"ގެ ހުނަރު ދައްކާލައިފި އެވެ.

ޖާންވީ ހިއްސާކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ކަރީނާ ކަޕޫރް ޚާންގެ ފިލްމު "އަޝޯކާ" ގެ "ސަން ސަނަނަ" މި ލަވައަށް ނަށަނިކޮށެވެ.

ޖާންވީ މި ވީޑިއޯގައި ލައިގެން ހުރީ ހުދުކުލައިގެ ކްރޮޕް ޓޮޕަކާއި ހުދުކުލައިގެ ސްވެޓް ޕޭންޓެކެވެ. އަދި ވީޑިއޯ ހިއްސާކުރަމުން ނެށުމުގެ ކުލާސްތައް މަތިން މިސްވާކަމަށް ލިޔެފައިވެއެވެ.

ޝާހްރުކް ޚާނާއި ކަރީނާ ކަޕޫރުގެ މިލަވައަށް ޖާންވީ ނަށާލެއް ވަރަށް ފުރިހަމައެވެ. އޭނާގެ އެކްސްޕުރެޝަން ތަކާއި ނެށުމުގެ ފަރި ހަރަކާތްތައް ބަލައި ފޫހިނުވާނެއެވެ.

މީގެ ކުރިންވެސް ޖާންވީ ވަނީ ނެށުމަށް އޭނާގެ ހިތުގައި އޮތް ލޯބި ފޭނުންނަށް ދައްކާލާފައެވެ. އަދި ކުރީގެ ލަވަތަކަށް ޖާންވީ ނަށާފައިވާ އެތަށް ވީޑިއޯއެއްވަނީ އިންޓަނެޓުގައި ވައިރަލްވެފައެވެ.

ޖާންވީ ކަޕޫރަކީ އިންޑިއާ ސިނަމާގެ އެންމެ ފުރަތަމަ އަންހެން ސުޕަސްޓަރގެ ގޮތުގައި މުހާތަބު ކުރެވުނު ޝްރީދޭވީ އާއި ޕްރޮަޑިއުސަރ ބޯނީ ކަޕޫރުގެ ދަރިފުޅެވެ.

މިފަހުން ޖާންވީ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގުޑް ލަކް ޖެރީ"ގެ ކްރޫއާ ގުޅިފައިވާކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިފިލްމުގެ އިތުރުން ކާތިކް އާރްޔާން އާއެކު "ދޯސްތާނާ2″ ގައިވެސް ޖާންވީ ފެނިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *