ސްރީލަންކާގެ ފިނޭންސް މިނިސްޓްރީ ހެކްކޮށް 2.5 މިލިއަން ޑޮލަރު ވަގަށް ނަގައިފި

ސްރީލަންކާގެ ފިނޭންސް މިނިސްޓްރީ ހެކްކޮށް 2.5 މިލިއަން ޑޮލަރު ވަގަށް ނަގައިފި

Author
ޙަސަން މުޙައްމަދު
23 އޭޕްރިލް 2026 12:16
0

ސްރީލަންކާގެ ފިނޭންސް މިނިސްޓްރީގެ ނިޒާމުގެ ތެރެއަށް ހެކަރުންތަކެއް ވަދެ، 2.5 މިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގައިފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިނގި މި ހާދިސާ ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ކަށަވަރުކޮށްދީފައިވަނީ، ބޭރުގެ ދަރަނި ދެއްކުމަށް ދައުލަތުން ކަނޑައަޅާފައިވާ ފައިސާތަކެއް އޮޅުވާލައިގެން އެހެން ފަރާތަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ. ހެކަރުން ވަދެފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށެވެ.

މި ބޮޑު ވައްކަމުގެ މައްސަލަ ފަޅާއެރުމާއެކު، ކަމާބެހޭ ގިނަ އިދާރާތަކެއް ގުޅިގެން މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ކޮމްޕިއުޓަ އިމަޖެންސީ ރެޑިނަސް ޓީމާއި، ފުލުހުންގެ ކޮމްޕިއުޓަ ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަނުގެ އިތުރުން ސީއައިޑީ އަދި ސެންޓްރަލް ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ހިމެނެއެވެ.

މިނިސްޓްރީން ކުރިއަށް ގެންދިޔަ އެތެރޭގެ ތަހުގީގުތަކަށްފަހު، މިކަމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ބައެއް އޮފިޝަލުންގެ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު މިހާރު ވަނީ ފިޔަވަޅުވެސް އަޅަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.